އުރީދޫގެ ޑިޖިޓަލް ވޮލެޓު، އެމްފައިސާ މެދުވެރިކޮށް 10،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެމްފައިސާ މެދުވެރިކޮށް 200ން މަތިން ފައިސާ ހަރަދު ކުރާ ކޮންމެ މީހަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ޕްރޮމޯބަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

Ad
rt

އުރީދޫއިން އަންނަނީ އެމްފައިސާ މެދުވެރިކޮށް ތަފާތު ޕްރޮމޯޝަންތަކެއް މިހާރުވެސް ހިންގަމުންނެވެ. މީގެ ތެރޭގައި ހޭދަ ކުރާ އަދަދުގެ ވަކި އިންސައްތައެއް އަނބުރާ ލިބޭ ޕްރޮމޯޝަންތައް ހިމެނެއެވެ.

އެމްފައިސާ މެދުވެރިކޮށް ބައެއް ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ފައިސާ ދެއްކޭއިރު ކަރަންޓު ބިލާއި ފެން ބިލްފަދަ ބިލުތައްވެސް ދެއްކޭނެއެވެ.

މި ޑިޖިޓަލް ވޮލެޓު ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް އުރީދޫ މޯބައިލް އެޕްލިކޭޝަނުން ރަޖިސްޓްރީ ކުރެވޭނެއެވެ. މިއީ ނަގުދު ފައިސާ ބޭނުން ކުރުން މަދު ކުރުމަށް އުރީދޫއިން ތައާރަފު ކުރި ޑިޖިޓަލް ވޮލެޓެކެވެ.

އެމްފައިސާއަށް ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި އިން ކޭޝް އިން ކުރެވޭނެއެވެ.