ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބާރު ބޮޑުވާ ވަގުތުތަކުގައު ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައް އޮންނާނީ ފަތިހު 5:45 ން ދަންވަރު 12:15 އާ ހަމައަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 8:45 އާ ހަމައަށް ދަތުރުތައް އޮންނާނީ ކޮންމެ 15 މިނެޓަކުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އާއްމުކޮށް އެ ސަރަހައްދުގައި ބާރު ބޮޑުވާ ވަގުތުތަކެވެ.

Ad
rt

މި ދުވަސްތަކުގައި ރޭގަނޑު 8:45 ގެ ފަހުން ދަތުރުތައް ކުރާނީ ކޮންމެ 30 މިނެޓަކުންނެވެ.

ހުކުރު ދުވަސްތަކުގައި ފަތިހު 5:45 އިން މެންދުރު 2:45 އާ ހަމައަށް ބަސް ދަތުރުތައް އޮންނާނީ ކޮންމެ 30 މިނިޓަކުންނެވެ. އަދި މެންދުރު 2:24ން ދަންވަރު 12:15 އާ ހަމަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދޭން ފެށޯ މިދިޔަ އޮކްޓޫބަރު މަހުއެވެ. މިހާތަނަށް ބަސް ދަތުރުތައް އޮންނަނީ ކޮންމެ 30 މިނެޓަކުންނެވެ. ނަމަވެސް އެ ސަރަހައްދުގައި ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ގިނަވުމުން ހިދުމަތް ހޯދުމުގައި އާއްމުންނަށް ދަތިތަކާ ދިމާވެއެވެ. އެމްޓީސީސީން މި ބަދަލު ގެނައުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.