އައްޑޫ ސިޓީ ފޭދޫ ގެ މިސްކިތަކަށް ބޮޑުކަމުދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑީޔާތަކަށް މަޢުލޫމާތުދެމުން ބުނީ އައްޑޫ ސިޓީ ފޭދޫ ގެ މިސްކިތަކަށް ބޮޑުކަމުގޮސް މިސްކިތުގެ ތަކެއްޗަށް ގެއްލުން ދީފައިވާކަމުގެ މައްސަލައެއް 05:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުންބުނެއެވެ. ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުން ނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާވަނީ އެރަށުގެ ދެ މިސްކިތަކަށް ބޮޑުކަމުގޮސްފައެވެ. އެއީ މަސްޖިދުލް އަލް އަމާނީ އާއި މަސްޖިދު އަން ނަސްރެވެ. ބެލެވޭ ގޮތުގައި މިކަން ކުރިކަމަށް ބޮޑަށް ބެލެވެނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް އައްޑޫ މޭޔަރު ވިދާޅުވެފައިވެއެވެ.
މިދިޔަ އޮކޓޯބަރު މަހު ތިން ވަނަ ދުވަހު ޢުމުރުން 40 އަހަރުގެ ފިރިހެނަކު ވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުގޮސްފަވެއެވެ. އެމީހާ ހަމަ އެދުވަހު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވެއެވެ. އަދި މައްސަލަ ބެލުމަށް ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ޖެހިއެވެ. ފަހުންވަނީ އިތުރު 10 ދުވަސްވެސް ޖަހާފައެވެ. އެ މައްސަލައިގައި އޭނާ މިހާރު ވަނީ ދޮޅުމަހަށް ޖަލަށް ލައިފަ އެވެ.
އެމީހާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި އަލުން ހަވާލުކޮށްފަ އެވެ.
މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތިވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.
މިސްކިތްތަކުގެ ހުރުމަތް ކެނޑުން މިފަހަކަށް އައިސް ވަީ އާންމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!