މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސްޓޯލުތަކަށަ ޒިޔާރަތް ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެރިން އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލްތަކަކީ ބީ 26 އާއި ބީ 27 އާއި ބީ 28 އާއި ބީ 29 އާއި ބީ 30އެވެ. މި ސްޓޯލްތަކަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
އެމްޓީސީސީން ހުށަހަޅާފައިވާ އިނާމުތައް
- 2.5 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް
- ހިލޭ ޑޮކިން އެންޑް ވޯޓާ ބްލާސްޓިންގެ ހިދުމަތް
- އެހެނިގެން ބީޓުޔާޑު ހިދުމަތްތަކުން 10 އިންސައްތަ ޑިސްކައުންޓް
މި ފުރުސަތުގެ ދަށުން ހޮވޭ ނަސީބުވެރިޔާ އިއުލާން ކުރާނީ މާދަމާ މެރިން އެކްސްޕޯގެ ތެރެއިންނެވެ. އިއްޔެ ފެށި މި އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 2:00ން ފެށިގެންނެވެ.
މި އެކްސްޕޯގައި އެމްޓީސީސީން ފޯރުކޮށްދޭ ހިދުމަތްތަކާއި މެރިން ދާއިރާގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!