މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން އަހުލުވެރިކުރުމަށް ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެވޯޑެއް ދީފިއެވެ.

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ ސާޖިންއަށް މި އެވޯޑު ލިބުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައެވެ. މިއީ ފިޝަރީޒް މިނިސްޓްރީން އޭނާއަށް ދިން އެވޯޑެެކެވެ.

Ad
rt

ސާޖިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތް އަހަރުވަންދެން އޭނާ ކުރި މަސައްކަތުގެ އަގުވަޒަން ކޮށްފައިވާ ކަމަށެވެ. އޭނާ ވާނީ ފާއިތުވި ހަތް އަހަރު ތެރޭ، ރާއްޖޭގެ އިތުރުން ބޭރު ދުނިޔޭގައިވެސް މަސްވެރިކަން ޕްރޮމޯޓު ކުރަން މަސައްކަތް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސާޖިން ގެންދަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް، (ޒުވާން މަސްވެރިޔާ) މެދުވެރިކޮށް މަސްވެރިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ޒުވާނުން އެ މަސައްކަތަށް ވައްދަން މަސައްކަތް ކުރަމުންނެވެ. އޭނާގެ މި މަސައްކަތަށް ބޭރު ދުނިޔޭގެ ގައުމުތަކުގެ ޝައުގުވެރިކަން ވެސް ވަނީ ލިބިފައެވެ.