ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިމަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތާއި، 7.80 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި އަދި ބޯހޯލު ތޮރުފުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
މީގެ އިތުރުން، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 6.49 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ
ހޮޅިވަޅުލުމާއި، ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތާއި ސީ އައުޓްފޯލް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ
ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
މިއީ 36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!