ކ. ގިރިފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓު މޮބިލައިޒް ކުރީ އިއްޔެ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުއެވެ.
މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މި މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެމްޓީސީސީއާ ހަވާލުކުރީ 18.3 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީ އަކީ މިވަގުތު އެންމެ ގިނަ ސަރުކާރުގެ މަޝްރޫޢުތައް ހިންގަމުން ދާ ކުންފުންޏެވެ. އަދި މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ގިނަ މަޝްރޫޢެއް ހިންގައި، ފުރިހަމަކޮށް އަދި ހިންގަމުންދާ އެއް ކުންފުންޏެވެ.
އެ ކުންފުނިން ދަނީ އެއާޕޯޓްތަކާއި، ބިން ހިއްކުމާއި، މަގު ހެދުމާއި، ބަނދަރު ހެދުމާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމާއި، އެކި މުހިންމު އިމާރާތްތައް ކުރުން ފަދަ އެތައް މަސައްކަތްތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!