ސްރީ ލަންކަން އެއާލައިނުގެ ދަތުރުތައް އައްޑޫއަށް އަލުން ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން އައި ފުރަތަމަ ފްލައިޓަށް ގަން އެއާޕޯޓުން ވަނީ ހޫނު މަރިހަބާއެއް ކިޔައިފައެވެ.
މިއީ ކޯވިޑް-19އާ ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށި ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ކޮލަމްބޯ އާއި ގަމާ ދެމެދު ކޮންމެ ހޮނިހިރު ދުވަހަކު ދަތުރު ކުރާނެއެވެ.
ގަމަށް ސްރީ ލަންކަން އެއާލައިންގެ ދަތުރުތައް ބާއްވަނީ އޭސް ޓްރެވެލްސްއިންނެވެ. އެ އެއާލަނުން ކޮލަމްބޯގެ އިތުރުން، އިތުރު ހަތަރު މަންޒިލަކަށް ގަމުން ދަތުރު ކުރާނެއެވެ.
ކޮލަމްބޯ އާއި ގަމާ ދެމެދު އެންމެ ފުރަތަމަ ޝެޑިއުލް ދަތުރުތައް ފެށީ 2016 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!