އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކް އާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
ދިހަ ރުފިޔާ އިން ފެށިގެން 250ރ. އާ ހަމައަށް ބޮޑެތި އެލަވެންސްތަކެއް ލިބޭ މި ޕެކޭޖުތަކުގެ ތެރޭގައި އަވާލީ އާއި ކޮންމެ ޑެއިލީ އާއި ވީކްޅި އާއި މަންތުލީ ޕެކޭޖުތައް ހިމެނެއެވެ.
އުރީދޫ އިން ތައާރަފު ކުރި ޕެކޭޖުތައް
- ޓިކްޓޮކް އަދި ޔޫޓިއުބް އަވާލީ ޕްލޭން: 2ޖީބީ، 10ރ.
- ޓިކްޓޮކް އަދި ޔޫޓިއުބް ޑެއިލީ ޕްލޭން: 20ޖީބީ، 20ރ.
- ޓިކްޓޮކް އަދި ޔޫޓިއުބް ވީކްލީ ޕްލޭން: 50ޖީބީ، 100ރ.
- ޓިކްޓޮކް އަދި ޔޫޓިއުބް މަންތުލީ ޕްލޭން: 100ޖީބީ، 250ރ.
މި ޕެކޭޖުތަކާ އެކު އުރީދޫ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބްގެ ކޮންޓެންޓް ހެޔޮ އަގުގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލަށް ތައާރަފުކުރި މި ޕެކޭޖުތަކުގެ އިތުރުން އުރީދޫ ފްލިކްސް ޕެކް ނަގާ ކަސްޓަމަރުންނަށް ނެޓްފްލިކްސް އާއި އައިފްލިކްސް އާއި ޓިކްޓޮކާއި ސައުންޑްކްލައުޑާއި ސްޕޮޓިފައި އާއި ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕުގެ ކޮންޓެންޓް ބަލާލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!