ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން، ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފެށީ މިއަހަރުގެ މާޗު މަހުގެ 29ގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އާރުއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.