މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ ނިޔާވި ކޮޕީ މުޙައްމަދު ރަޝީދުގެ ވަކިވެ ދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތަށް ލިބުނު ހީނަރުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދަޅުވެފައި މިވަނީ ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކަޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއި ކުރައްވަމުން ލިޔުއްވި ބަޔާނުގައެވެ.
އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދު ވަނީ ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާ އަގުބޮޑު އަދަބީ ތަރިކަތަކެއް ދޫކުރައްވާފައި ކަމަށެވެ.
އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދު އަކީ މޫނިފޫހި ފިލުވުމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރުވާހަކަ ލިޔުއްވުމާއި ޅެން ހެއްދެވުމާއި ނޫސް މަޖައްލާތައް ޝާއިއު ކުރުމުގެ އިތުރުން އެބޭފުޅާ ވަނީ އަރަބި، ތާނަ ވެސް ލިޔުއްވާފައެވެ. އަދި ތަމްސީލް ކުޅުމުގެ ދާއިރާއިން ވެސް ކާމިޔާބީތައް ހޯއްދަވާފައި ވެއެވެ.
މަރްޙޫމް ކޮޕީ ރަޝީދަށް ވަނީ ތަމްސީލް ކުޅުމުގެ ރޮނގުންނާއި ޢަަރަބި ތާނަ ލިޔުމުގެ ރޮނގުން 3 ފަހަރެއްގެ މަތިން ޢާއްމު ޚިދުމަތުގެ ޤައުމީ އިނާމު ހާސިލް ކުރައްވާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު، މޯލްޑިވްސް މީޑިއާ ކައުންސިލުންދިން ނޫސްވެރިކަމުގެ ލައިފްޓައިމް އެވޯޑު ވެސް ހާސިލް ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!