މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑޮރެކްޓަރ ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓްވާޓް މަގާމުން ވަކިކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އޭނާ ވަކި ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ އެންގުމާ އެއްގޮތަށް އިއްޔެ ކަމަށެވެ.
ގޯޑަން ކޮށްދެއްވި ހިދުމަތަށް އެމްއޭސީއެލް އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ގޯޑަން އެމްއޭސީއެލްގެ ހިންގުމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.
އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އާ ހިންގުން ތެރިއަަކުވެސް ހަމަޖައްސައިފައެވެ. އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރަކަށް ހަމަޖެއްސީ ޑަރެން ވިލިއަމްސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!