ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން، މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ދެކުނުފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ގާއިމު ކުރުން ހިމެނެއެވެ. އަދި ރަށުގެ އިރު ދެކުނު ފަރާޓުން 183 މީޓަރުގެ ބްރޭކްވޯޓާއަކާއި ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓާއަކާއި 35 މީޓަރުގެ ދެ ބްރޭކްވޯޓާ ގާއިމު ކުރާނެއެވެ.

މިއީ 44.92 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.