ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޑްވާންސް ލައިފް ސަޕޯޓާއި ކްރިޓިކަލް ކެއާ ޓްރެއިނިން ޕްރޮގްރާމެއް ނިންމާލައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ގުޅިގެން ބޭއްވި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާި ނަރުހުން ވަނީ ބައިވެރިވެފައެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންވެސް މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި މައިގަނޑު ތިން ކޯހެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
Successful completion of "Advance Life Support & Critical Care" training program for Doctors & Nurses from @aeh_mv & @fvmhospital
This 5-day training organised by @StoMedical & @aeh_mv was facilitated by @codeBLUE_mv pic.twitter.com/r4XLQdNQeC— STO (@stoplc) October 21, 2021
އެއީ އެއ/ވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިން އާއި އިމަޖެންސީ ޓްރޯމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓް އަދި އެޑްވާންސްޑް ކާޑިއޯވެސްކިއުލާ ލައިފް ސަޕޯޓްއެވެ.
އެސްޓީއޯއިން އަންނަނީ ސިއްހީ ދާއިރާ ކުރިއެރުވަމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސިއްހީ ބައެއް ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވެސް އެ ކުންފުނިން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!