ބ. ފުޅަދޫ އާ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފިއެވެ.

ފެނަކައިން އެ ރަށުގައި އަލަށަ ތަރައްގީ ކޮށްފައިވަނީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 160، 128 އަދި 80 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ.

Ad
rt

މި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު މީގެ ސަބަބުން ފުޅަދޫ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއްވެސް ވަނީ އިމާރާތް ކޮށްފައެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.