ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އިންޒާރު ދީފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ނ. އަތޮޅުން ފެށިގެން ދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައި ވަނީ މިއަދު މެންދުރުފަހު 10:00 އިން ފެށިގެން އިރުއޮއްސި 12:30 އާއި ހަމައަށެވެ.

މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

މީގެއިތުރުން ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 55 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން އިއްޔެ ވަނ،ީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވާން ވެސް އަންގާފައެވެ. މިގޮތުން ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު، ބުރިޖް އަދި ހައިވޭގައި ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް އިލްތިމާސްކޮށްފަވެއެވެ.