އެސްޓީއޯއިން ހިންގާ “ވޯކް2ވޯކް” ހަރަކާތް މިއަހަރުވެސް އެ ކުންފުނިން ބާއްވައިފިއެވެ.
މި ހަރަކާތަކީ ދުއްވާ އުޅަނދުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ސިއްހަތަށަ ކުރާ ގެއްލުމާ ގުޅޭގޮތުން އެސްޓީއޯގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި މިއަދު އެސްޓީއޯގެ ހުރިހާ މުވައްޒަފުންހެން ވަޒީފާއަށް ނުކުތީ ފައިމަގުގައެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ފެށީ 2019ވަނަ އަހަރުގައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު ގޭގައި ތިބެ ވަޒީފާ އަދާކުރާ ގޮތަށް އިންތިޒާމު ހަމަޖެހުމުން، މިދިޔަ އަހަރު އެ ހަރަކާތް ކުރިއަށް ނުގެންދެވެއެވެ.
އެސްޓީއޯއިން ބުނީ މިއަހަރުގެ ވޯކް2ވޯކް ހަރަކާތުގައި ރާއްޖޭގެެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި މުވައްޒަފުން ދެއްކި ނަމޫނާއާއި ދިން އެއްބާރުލުން ފާހަގަކޮށް އެކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!