ހެންވޭރުގެ ބައެއް ގެތަކުން މިރޭ 6 ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، މާލެ ސިޓީ ކައުންސިލުން ހިންގާ ”ސްޓްރީޓް ސްކޭޕިން” ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ގެތަކުން ފެން ކަނޑާލާނެ ކަމަށެވެ.

Ad
rt

މިގޮތަަށް ނިންމީ ރޯޝަނީ މަގުގައި އަޅާފައިވާ ފެން ހޮޅިއާއި އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތެ ކުރިއަށްދާތީއެވެ.

މިރޭ 11:00ން ފަތިހު 5:00އަށް ފެން ކަނޑާލާނީ ސޯސަން މަގާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުންނެވެ.

ފެން ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.