ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ތ. ވިލުފުށީގައި ބާއްވައިފިއެވެ.

މި އިމްތިހާނުގެ ތިއަރީ އަދި ޕްރެކްޓިލް ބައިވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. މި އިމްތިހާނުގައި ތިން ދަރިވަރުން ބައިވެރިވިއެވެ.

Ad
rt

މިއީ ފެނަކައިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބަޔެކެވެ.

އެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތްތަކާއި، މެކޭނިކަލް މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.

ފެނަކައިން ވަނީ މީގެ ކުރިން ކުޅުދުއްފުށި ސިޓީ އާއި ށ. މިލަންދޫގައިވެސް މި ޕްރޮގްރާމުގެ އިމްތިހާނު ބާއްވައިފައެވެ.