ރައީސްއުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކެޓްރީ ކަމުގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ، އާސީނުގޭ، އިބްރާހީމް ހޫދު އައްޔަންކުރަށްވައިފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ހޫދު އެމަގާމުން ވަކިކުރައްވާ ފޮރިންރިލޭޝަންގެ ސެކެޓްރީ ކަމަށް އައްޔަން ކުރެއްވީ ރައީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެވެ.

Ad
rt

އިބްރާހީމް ހޫދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގާ ކަމަށް ރައީސް އޮފީހުން ވިދާާޅުވި އެވެ.

މި ބަދަލުގެންނެވިކަމުގައި ވިޔަސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން އަދާކުރައްވަމުންދާނީ އިބްރާހީމް ހޫދު ކަމުގައި ވެސް ވަނީ ހަމަޖައްސަވާފަ ކަމަށް އެ އޮފީހުން ހާމަކުރެއްވިއެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން، އިބްރާހީމް ހޫދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.