އުރީދޫ އާއި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފިއެވެ.

މިއީ މިދިޔަ އަހަރު އެ ދެ ކުންފުންޏާއި އެމްއެމްޕީއާރުސީ ގުޅިގެން ފެށި "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ފެށި ސޯޝަލް މީޑިއާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެދަށުން ރާއްޖޭގެ ސަގާފަތާއި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމުތަކެއް ލިބޭނެއެވެ.

Ad
rt

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ޖެހޭނީ ކޮންމެ މަހަކު ދޭ ތީމަށެވެ. މި މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއިއާދަކާދައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މި ކެމްޕޭނުގައި ބައިވެރިވެވޭނެއެވެ.

މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ މަހަކު ނަސީބުވެރިއަކު ހޮވާނެއެވެ. މި މަހު ގުރުއަތުން ހޮވޭ މީހަކަށް ހުށަހަޅާފައިވަނީ ވ.ކެޔޮދޫ ޖުޕިޓާސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެވެ.

އުރީދޫ އިން ބުނީ މި ކެމްޕޭނަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެހެންކަމުން ފޮޓޯ އާއި ވީޑިއޯހިއްސާކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.