ތިލަދުންމަތީ އިހަވަންްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްވުމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް ވަޑައިގެންފިއެވެ.

އާޒިމްގެ ދަތުރުފުޅުގައި އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވިއެވެ.

Ad
rt

އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރުބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 51.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ ރަށުގައި ކުރިއަށް ގެންދާ ފެރީ ޓާމިނަލް ހެދުމުގެ މަޝްރޫއުއަކީ “އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް“ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގާމަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލެވޭނެއެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ތިންފިޔަވައްސަކަށް ބަހާލައިގެންނެވެ.

އާޒިމް ވަނީ މި މަހުގެ ކުރީކޮޅުގައިވެސް ތިލަދުންމަތީގެ ބައެއް ރަށްތަކަށް ވަޑައިގެން އެ ކުންފުނީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ.