އޮލިމްޕިކްގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް އެސްޓީއޯއިން، މުލާހެ އުފެއްދުންތައް ހަދިޔާކޮށްފިއެވެ.

މުލާ އަކީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މަތީ ފަންތީގެ ފާމަސޫޓިކަލް ބްރޭންޑެއްކަމަށްވާ މުލަރގެ އުފެއްދުންތަކުގެ ތެރޭގައި ހުޅުގާޑާއި ބޭންޑާއިޓޭޕް އަދި އެހެނިހެން ސާމާނު ހިމެނެއެވެ.

Ad
rt

އެސްޓީއޯގެ ފަރާތުން މި ތަކެތި އޮލިމްޕިކް ކޮމިޓީއާ ހަވާލުކޮށްދެއްވީ އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރު ހުސައިން ރާއިދް މުހައްމަދުއެވެ.

މުލާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރަނީ އެސްޓީއޯއިންނެވެ.

އެ ކުންފުނީގެ ދަށުން ހިންގާ ގިނަ ބޭސް ފިހާރަތަކުން މި ބްރޭންޑުގެ އުފެއްދުންތައްލިބެން ހުންނާނެއެވެ.