މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓްސައިޓަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ދިއްގަރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 121.84 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ހިންގަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިމެނެއެވެ.

އެ ކުންފުނިން އަންނަނީ އެކުންފުނީގެ ފައިދާ އިތުރުކޮށް، ކުންފުނީގެ ހަޔާތުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.