ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ވުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތް ހަދައިފިއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާމުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. އަދި ރަށަށް ދެވޭނީ ވެކްސިން ޖެހިތާ 14 ދުވަސްވެ، ނެގެޓިވްޕީސީއާރު ނަތީޖާއަކާ އެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރިސޯޓު މުވައްޒަފުންނަށް ރަށަށް ދާން ހުއްދަ ދިން ނަމަވެސް މޮނިޓަރިންގައި އޮތް ރަށްތަކަށް ނުދެވޭނެ ކަމަށް މިނިސްޓަރވިދާޅުވިއެވެ.
މި ކަމާ ގުޅޭ ތަފްސީލު އެޗްޕީއޭ އިން ލިބުމުން ރިސޯޓުތަކާ ހިއްސާ ކުރައްވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
މިއީ ކޯވިޑްގެ ހާލަތުގެ ސަބަބުން ރިސޯޓު މުވައްޒަފުނ،ް އެމީހުންގެ ޢާއިލާތަކުގެ ކައިރިއަށް ޗުއްޓީއަށް ދިއުމުގައި އުފުލަމުންއަންނަ ތަކުލީފަށް ލުއި ލިބިގެންދާނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!