މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އައި ބަހުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށްހަވާލުކޮށްފި އެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޮޕުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަހުގެ ހިދުމަތް ބަދަލު ކުރާ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި އެއްބަސްވުމާއެކު އެމްޕީއެލްގެ ދަށުން ދެމުން އައި ހުރިހާ ޓްރާންސްޕޯޓް ހިދުމަތަކާއި އެ ހިދުމަތް ދޭން ތިބި މުވައްޒަފުން މިހާރު ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލާމު އަތޮޅު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލު ކުރުމުން އެ ހިދުމަތް އިތުރަށް ފުރިހަމަވާނެކަމަށެވެ. އަދި މީގެ ސަބަބުން އާއްމުަންނަށް ބަހުގެ ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޓީސީސީއަކީ ސަރުކާރުން ޓްރާންސްޕޯޓުގެ ހިދުމަތް ދޭން ހާއްސަކޮށްގެން އުފެއްދި ކުންފުންޏެއް. އެ ކުންފުނީގެ ތަޖުރިބާއާއި ވަސީލަތްތަކާއި ގާބިލު ކަމާއިއަޅުގަނޑުމެން މިއަދު މި ހަވާލު ކުރާ ވަސީލަތްތަކާ އެކުވެގެންދާއިރު މި ދެމުންދާ ފެންވަރަށް ވުރެ ރަނގަޅަށް ހިދުމަތް ދެވޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،"

ޝާހިދުވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެންމެ ބޮޑު ޓްރާންސްޕޯޓު ނެޓްވޯކު އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމާއެކު ކުރިއަށް އޮތްތާނގައި ހިދުމަތްތައް އިތުރަށްފުރިހަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ. އަދި އެމްޕީއެލް އިން އެ ކުންފުންޏަށް ބަދަލުވި މުވައްޒަފުންނަކީ އެންމެ މުހިންމު ރައުސޫމާލު ކަމުގައި ދެކިގެން އެމުވައްަޒަފުންނަށް ވެސް އަޅާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އަޅުގަނޑުމެންނާ ހަވާލު ކުރެވިގެން މިދިޔައީ. އަޅުގަނޑުމެން ރައީސްއަށާއި ރައްޔިތުންނަށް ދޭން ބޭނުންވާޔަގީންކަމަކީ ދިވެހިރާޖޭގެ އުތުރުން ދެކުނަށް ކަނޑުމަގުންނާއި އެއްގަމު މަގުން ދެމުން އަންނަ މި ހިދުމަތްތައް ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެމުންގެންދާނެކަން”

އާޒިމް ވިދާޅުވިއެވެ.

އެމްޕީއެލް ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 50 އަހަރުގެ ސާވިސް އެގްރީމަންޓެއްގެ ދަށުންނެވެ. ކުރިއަށް އޮތް ދެ މަސްދުވަހު މި ހިދުމަތް ދެމުންގެންދާނީ އެމްޕީއެލްގެ ބެލުމުގެ ދަށުންނެވެ.

https://thiladhun.wonstasite.com/gallery/67232