ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބާ ބޭސިންފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައިރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

Ad
rt

މީގެ އިތުރުން އެއްގަމު ތޮށި ލުމާއި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ޗެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.