ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ބަހައްޓައި އެއް ނެޓްވޯކަކުން ގުޅާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.
މިއީ އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުންހުޅުމާލޭގެ މަގުތަކާއި ޕާކުތައް ހިމެނޭހެން އާއްމުން އެއްވެ އުޅޭ ހުރޮހާ ތަނެއްގައި ސީސީޓީވީ ކެމެރާތައް ބަހައްޓާނެއެވެ.
އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުން ކަމަށެވެ. އަދި ހުރިހާކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކެމެރާތަކުގެ އެހީގައި ހުޅުމާލޭގައި ހިނގާ ކަންކަމަށް ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެ ކަމަށެވެ. އެގޮތުން،ނުވަ ގައުމެއްގައި ހަދާފައިވާ ދިރާސާއިން ދައްކާގޮތުގައި ސީސީޓީވީ ހުރުމުން ފާހަގަކޮއްލެވޭ ވަރަށް ކުއްކުރާ މިންވަރު ދަށްވާ ކަމަށާއި ކެމެރާ ހުންނަ ސަރަހައްދުތަކުގައިމަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް 20 އިންސައްތަ މަދުކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރާނެއެވެ. އަދި ކުރިއަށް އޮތްތާނގައި މާލެ ސަރަހައްދުގެ ހުރިހާ ތަނެއް މި ވިއުގައިން ގުޅާލަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!