ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެންމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާޓިފިޝަލް ބީޗުގައި ހަދަންފެށި ރޭމްޕުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މި މަސައްކަތަކީ މުޖުތަމައުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްފަސޭހަ ކަމާއެކު ގޮނޑުދޮށަށް ފައިބާ އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި ރޭމްޕުގެ މަސައްކަތަކީއެމްޓީސީސީއާއި ޕްލޭނިން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫޢު ގެ މަސައްކަތް 13 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެ. މި މަޝްރޫޢަކީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެއް. #CSRInitiative pic.twitter.com/NhpTeowetb
— MTCC Plc (@MTCCPlc) June 17, 2021
މި މަޝްރޫއުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ވަނީ ހަދާފައެވެ. އަދި ހެދުން ބަދަލުކުރަން ހާއްސަ ތަނަކާއި، ހިޔާ ވާނެ ހަޓެއްވެސް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!