ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓު މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނިގޮތުގައު މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 51،861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، ޕޭވްމަންޓް ހަދާނީވެސް އެމްޓީސީސީންނެވެ.
ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިއްޖެ. އަދި ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. މި މަޝްރޫޢުއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/oD3E5i8MP9
— MTCC Plc (@MTCCPlc) June 15, 2021
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 49.4 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!