ށ. ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި އުމުރުން 4 އަހަރުގެ ތުއްތުކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފި އެވެ.
ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިއަދު މިފަދަ ހާދިސާއެއް 1:30 ހާއިރު އެރަށުގައި ހިނގާފައިވާކަމަށެވެ. އެރަށުގެ ގިނަބަޔަކު ނިކުމެ ކުރި މަސައްކަތުން އެކުއްޖާ ސަލާމަތް ކުރެވުނީ 2 ޖަހާއިރުކަމަށް ވިދާޅުވިއެވެ.
މިއީ ގޯތި ތެރޭގައި ކުޅެން އުޅުނުކުއްޖެއް ކަމަށާއި އެކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް ވިދާޅުވި އެވެ. އެތަނަކީ ބޭރަށް ފުޅާކޮށް އެތެރެއަށް ވަދެވޭހެން ހަނިކޮށް އިންނަ ތަނެއްކަމަށް ވިދާޅުވި އެވެ.
އެކުއްޖާ ސަލާމަތް ކުރީ ފާރުތިރިން ތަޅާލައިގެން ކަމަށާއި އެކުއްޖާ ސަލާމަތް ކުރަންދެން ބަސްއަހައިގެން ނުރޮއެ ހުރިކަމަށް ވެއެވެ.
ނަރުދޫގައި ދެފާރު ދޭތެރެއަށް ފިތި ތާށިވެފަހުރި 4 އަހަރުގެ ކުއްޖެއް ފާރުތަޅާލައި ސަލާމަތްކޮށްފިhttps://t.co/uiDM5VReMA pic.twitter.com/JtPEGy4Fv6
— Thiladhun (@thiladhun) June 12, 2021
މިކުއްޖާ ސަލާމަތް ކުރީ އެރަށު ގިނަބަޔަކު އެއްވެ ކުރިމަސައްކަތުންކަމަށް ޚަބަރު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!