މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު ޚިޔާނާތުގެ މައްސަލަ ބެލުން މާބޮޑަށް ލަސް ވެސް ވެއްޖެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު"އަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

އެ ރިޕޯޓަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، ދިވެހި ދައުލަތް ޖުމްހޫރިއްޔާއަކަށް ބަދަލުވީއްސުރެ އިވިގެން ދަނީ ތަފާތު ކުންފުނި ތަކުންނާއި، ތަފާތު މުއައްސަސާތަކުން ހިންގާ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ.

"ކުރިން އިވިގެން ދިޔަ އެއާ މޯލްޑިވްސްގެ މައްސަލަ، އެފްޕީއައިޑީގެ މައްސަލަ، އެސްޓީއޯގެ މައްސަލަތައް ކަހަލަ މައްސަލަތަކެއް ކުރިމަތިވެ އެއްވެސް މައްސަލައެއް ނުބެލި ރައްޔިތުން ވަނީ ސަރުކާރުތަކަށް އިތުބާރު ގެއްލިފައި، ވަނިކޮށް އެމްޑީޕީ އުފެދި އެމްޑީޕީގެ އެންމެ ހާއްސަ ވައުދަަކަށްވީ، ދައުލަތުން ކުރާ ވައްކަންތައް ހުއްޓުވުން، އަޅުގަނޑުމެން އިންސާފު ހޯދައިދިނުން،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް އެމްޑީޕީއިން ވަކާލާތު ކުރަމުން ދަނީ ވައްކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ކަމަށެވެ. އަދި އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވެސް ހާއްސަކޮށް ފޯކަސްހުރީ އެމްއެމްޕީއާރުސީގެ ގެއްލިގެން ދިޔަ ފައިސާތަކުގެ މައްސަލައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފައިސާތައް ހޯދައިދީ ދައުލަތަށް ލިބެންޖެހޭ އެސެޓްތައް ނުވަތަ ފައިސާތައް ހޯދައިދިނުމަށް ވަކާލާތު ކުރީ، މިގޮތަށް މި ދިމާވީ ކުރީ ސަރުކާރުން ވައްކަން އެއީ އޯކޭ ކަމަކަށް ހަދައިގެން ވައްކަމުން ގެންނަ ފައިސާއަކީ ހުދު ގޭގައި އިންނަ އަންހެން މީހާވެސް ނާހާނޭ ކިޔަމުން އައިސަރުކާރެއްގެ ނިމުމަކަށް މިކަން ވެގެން ދިޔައީ އެހެންވީމަ 19 މަޖިލިސްއިން މި މައްސަލަ ބަލަން މާބޮޑަށް ވެސް ލަސްވެއްޖެ،" އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، ސަރުކާރަށް 3 އަހަރު ވެގެން ދާއިރު، އަދި ރައްޔިތުން ސްޕަރމެޖޯރިޓީދީ ހޮވި މަޖިލީހަށް ދެ އަހަރުވަމުންދާއިރު މިމައްސަލަ އޮތީ އަދިވެސް ނުބެލިކަމަށެވެ. އެހެންކަމުން ވަަރަށް ފުރިހަމައަށް މަޖިލީހުގެ އެ މައްސަލަބެލުމަށް ތާއީދު ކުރަށްވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.

އެ ބޮޑު ހިޔާނާތަކީ މުޅި ދައުލަތް ފެއިލްވެފައި އޮތްކަމެއް ކަމަށާއި، ބޭންކް ތަކުން އެމްއެމްއޭއަށް ދުވަހު ރިޕޯޓް ފޮނުވަމުންދާއިރު، ކުންފުންޏަކުން އެތައް ޗެކްތަކެއް ހަދައި، ފައިސާގެ އެތައް މުއާމަލާތްތަކެއް ހިންގަމުން ދިޔައިރު ނޭނގި ނުހުންނާނެ ކަމަށް އިބްރޭ ފާހަގަ ކުރެއްވިއެވެ.

އެ ހިޔާނާތުގެ ފައިސާ ބޭނުން ކުރި މީހުން އެފައިސާ އަކީ ހިޔާނާތުގެ ފައިސާކަން ނޭނގި ބޭނުންކުރެވުނު ކަަމަށް މިހާރު ބުނާ ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އިބްރޭ ވިދާޅުވިއެވެ.