އިއްޔެ ހައްދުފަހަނައެޅި އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެއެވެ.

ޑޮކްޓަރު މުއުމިން އަޙްމަދު އަލްޢައުލް އަދި ޑޮކްޓަރ އަޙްމަދު އައިމަން އަބޫ އަލްޢައުފް ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާގައި ޝަހީދުވެފައިވާއިރު މިއީ ޢައްޒާއަށާއި މުޅި ފަލަސްތީނަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ވަށައިގެން ބަންދުވެފައިވާ ޣައްޒާއަށް ދިމާވެފައިވާ ޞިއްޙީ އެހީގެ ދަތިކަން މިބޮމުގެ ޙަމަލާގެ ސަބަބުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.

Ad
rt

ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޖަމިއްޔާތައްވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިން (އެތެރެހަށީގެ ބަލިތަކުގެ އިސް ޑޮކްޓަރު) އަދި ނިއުރޮލޮޖިސްޓެއް އިޒްރޭލުގެ ޙަމަލާތަކުގައި ޝަހީދުވުމުން ހިތާމަފާޅުކޮށްފައެވެ.

މިޙަމަލާގައި ޝަހީދުވި ޑޮކްޓަރުންގެ ސަބަބުން މިވަނީ ޣައްޒާގެ ނާޒުކު ޙާލުގައި މިހާރުވެސް އޮތް ޞިއްޙީ ޚިދްމަތަށް އިތުރު ހީނަރުކަމެއް އައިސްފައެވެ. އިޒްރޭލުން ކޮށްފައިވާ ބަންދުގެ ސަބަބުން، ޞިއްޙީ އެހީ އަދި ޞިއްޙީ ކަންކަމަށް ބޭނުންވާ އާލާތްތައް ޣައްޒާއަށް ފޯރުންވަނީ ދަތި ކަމަކަށްވެފައެވެ.

ޑރ އައިމަން އަބުލްޢައުފް، އައްޝިފާ ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިންގެ އިސް ޑޮކްޓަރު ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ޣައްޒާގެ އަލްވެޙްދާ އަށް ދިން މިސައިލް ޙަމަލާގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއިއެކު ޝަހީދުވެފައެވެ.

މިބޮމުގެ ޙަމަލާގައި 33 ޢާއްމުންވެސްވަނީ ޝަހީދުވެފައެވެ. އަދި ސަލާމަތީ ބާރުތަކުން އަދިވެސް އަންނަނީ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ދަށުގައި އެއްވެސް މީހަކު ދިރި ހުރިތޯ ބަލާ ހޯދަމުންނެވެ.

ޑރ އަލްއައުފްގެ ދަރިވަރެއް ކަމުގައިވާ ޑރ އުސައިދު އަލްސެރް، ވިދާޅުވިގޮތުން، ޑރ އަލްއައުފްގެ ވަކިވެގެން ދިއުން ވެފައުވަނީ މުޅި ޞިއްޙީ މުޖްތަމަޢަށް ބޮޑު ޝޮކެއްގެ ގޮތުގައެވެ. އެއީ މުޅި ޣައްޒާގަވެސް ހުރި އެންމެ އެއް ސީނިއަރ އެތެރެހަށީގެ ބަލީގެ ޑޮކްޓަރެކެވެ. އަދި ޑރ އަލްސެރް ފާހަގަކުރައްވާ ގޮތުގައި ޑރ އަލްއައުފް އެއީ ސިޔާސީ ކަންކަމާއި ދުރު، ބަލިމީހުންނަށް އަޅާލުމާއި ކަންކަން އޮޅުންފިލުވައިދީ ފަރުވާ ކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭ ބޭފުޅެކެވެ.

ޑރ މުއުމިން އަޙްމަދު އަލްޢަލޫލް، 66 އަހަރުގެ ސައިކެޓްރީ އަދި ނިއުރޮލޮޖީގެ ޑޮކްޓަރެއްވަނީ އާދީއްތަ ދުވަހުގެ މިޙަމަލާގައި ޝަހީދުވެފައެވެ.