އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސުމަޓްރާ ކައިރިއަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ބިންހެލުމުގެ އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

Ad
rt

މިބިންހެލުން އައިސްފައިވަނީ މިއަދު 11:33 ގައި އެ ބިންހެލުން އައިސްފައިވަނީ ސުމަޓްރާގެ ކަނޑުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. އެއީ މާލެއާ 2606 ކިލޯމީޓަރު ދުރުންނެވެ.

ބިންހެލުމާ ގުޅިގެން އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާއަކީ، މިހާތަނަށް ދުނިޔެއަށް އައި އެންމެ ބާރުގަދަ ބިންހެލުން އައި އެއް ސަރަޙައްދެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ރެކްޓަރ މިންގަނޑުން 9،1 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި އެޤައުމުން އެތައް ބަޔަކު މަރުވިއިރު، ބިންހެލުމަށްފަހު އުފެދުުނު ގެއްލުން ބޮޑު ސުނާމީގައި ރާއްޖެ ހިމެނޭގޮތަށް ދެކުނު އޭޝިއާ ސަރަޙައްދުގެ ގައުމުތަކުން އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

2004 ވަނަ އަހަރު ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމަކީ، މިދިޔަ 50 ވަރަކަށް އަހަރުތެރޭގައި ވެސް ދުނިޔެ ދުށް އެންމެ ގެއްލުން ބޮޑު އެއް ބިންހެލުމެވެ.