ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އެބައޮތްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ބުނެެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންކަމަށެވެ. މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މިމަހުގެ 12 ވަނަދުވަހު ރާއްޖެއަށް ހުޅަނގު މޫސުން މިވަނީ ފެށިފަ، އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް
ރަށްތަކަށް ބޯކޮށް ވާރޭވެހުނު
މެޓް އޮފީހުން ބުނެފައި ވެއެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގަމަށް 164 މިލިމީޓަރުގެ ވާރޭއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫއަށް 57 މިލިމީޓަރު، ހުޅުމީދޫއަށް 230 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. މީގެއިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ބައެއްރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އެގޮތުން ޢާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ. އަދި
ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ.

އެހެންހަމުން ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ދަންނަވާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!