ޗައިނާ އިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައެއް ރޭ ނުވަތަ މިއަދުގެ ވަގުތެއްގައި ދުނިޔެ އަށް ވެއްޓޭނެ ކަމަށް އޮފިޝަލުން ބުނެފައިވަނިކޮން އެރޮކެޓް ގެ ބައިތަކެއް ވެއްޓުނީ ރާއްޖެއަށްކަމަށް ޗައިނާއިން ބުނެފި އެވެ.
މި ރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 7:24 ގައެވެ.
ލޯންގް މާޗް-5ބީ ވެހިކަލްގެ ބޮޑު ބައެއް ދުނިޔެ އަށް މިހާރު ވެއްޓިފައިވާކަށް އެކި އިދާރާތަކުން ރިޕޯޓްކުރަމުންދާއިރު އޭގެ ބަރުގަނުގައި 18 ޓަނު ހުންނާނެ ކަމަށް ބެލެވެ އެވެ. އެއީ މިއިން ޒަމާނަކު ދުނިޔެ އަށް ނުވެއްޓޭވަރުގެ ބޮޑު ބައެކެވެ.
މި ރޮކެޓުގެ މިސްރާބު ދުނިޔޭގެ އެކި ކަންކޮޅުތަކުންއައީ ވަގުތުން ބަލަމުންނެވެ. އެކި ވެބްސައިޓްތަކުން އައީ ވަގުތުން ލައިވް ކުރަމުންނެވެ. އަދި ވެއްޓޭނެ ލޮކޭޝަންތައްއައީ އަންދާޒާ ކުރަމުންނެވެ.
ޗައިނާއިން ބުނެފައިވާގޮތުން މިރޮކެޓްގެ ބައިތައް ދުނިޔޭގެ ސަތަހައަށް ވަދެފައިވަނީ ދ އަތޮޅު ކައިރިއަށެވެ. ޗައިނާއިން ބުނެފައިވަނީ 18 ޓަނުގެ މި ތަކެތިން ގިނަ ތަކެތި ދުނިޔޭގެ ސަތަހައަށް އެތެރެވުމުގެ ތެރޭގައި ހަލާކުވެ އެކީ ނެތިގެން ދާނެ ކަމަށެވެ. އަދި އެތެރެވާ ތަކެތިން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށްވެސް ޗައިނާއިންވަނީ ލަފާކޮށްފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ ރޮކެޓުގެ ބައެއް ދުނިޔެ އަށް ވެއްޓިފަ އެެވެ. އެ ފަހަރު ރޮކެޓުގެ ބައި ވެއްޓިފައި ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ. ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެމެރިކާއިން މިކަމާ ގުޅިގެން ބުނެފައިވަނީ ހިފަހެއްޓުމެއް ނެތް އެއްޗެއް ދުނިޔޭގެ ސަތަހައަށް އެތެރެވާތީ އެކަން ކައިރިން ބަލަމުން ގެންދާ ކަމަށެވެ.
It has been reported on Chinese media that the #LongMarch5B (#CZ5B) #ChineseRocket made reentry near the #Maldives in the Indian Ocean. https://t.co/R6XCmHEiuT
— Alexandria Baca (@aerospaceally) May 9, 2021
1979 ވަނަ އަހަރު ވަނީ އެމެރިކާގެ ޖައްވީ ސްޓޭޝަން ސްކައިލެބުގެ ބައިތަކެއް ވެސްޓަން އޮސްޓްރޭލިއާ އަށް ވެއްޓިފަ އެވެ.
China rocket has reentered the Earth's atmosphere, and is estimated to land near the Maldives: China's space agency https://t.co/dqIwBYGjpI
— Didi (@didimaldives) May 9, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!