ދަ އިކޯ އޯގްގެ ވާޗުއަލް ޓޯކް ސީރީޒް ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އަމިއްލަ ވިޔަފާރި ހިންގާ އިސް ފަރާތްތަކާއި އިންވެސްޓަރުން އަދި ދިރާސާ ކުރަަ ފަރާތްތަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ކަމާ ގުޅުން ހުރި ދާއިރާތަކުގެތަޖުރިބާކާރުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި އެކި ދާއިރާތަކުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެއެވެ.

Ad
rt

މި އިވެންޓު ބާއްވާނީ ކްރޮސްރޯޑްސްގައި ހުންނަ "ޔޯ ސްޕޭސް" އާ ގުޅިގެން "ދަ އައިލެންޑް ލެބް" އިންނެވެ. މި އިވެންޓުގައި އެންްރަޕްރެނިއާޝިޕް، ސަސްޓެއިނެބިލިޓީއަދި ފްރަންޓިއާ ޓެކްނޮލަޖީއާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރާނެއެވެ. މި ސީރީޒްގައި އަލަށް ފަށާ ވިޔަފާރިތަކާއި، ޕްރޮޑަކްޓް ޑިޒައިން އަދި ޑިވެލޮޕްމެންޓާ ގުޅޭދާއިރާތަކުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެއެވެ.

މި ސެޝަންތައް އޮންލައިންކޮށް ސްޓްރީމްވެސް ކުރާނެއެވެ. އަދި އާންމުންނަށް މި ސެޝަންތައް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ސީރީޒްގެ އެންމެ ފުރަތަމަ ސެޝަން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގައެވެ. މި ސެޝަންގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނީ މިހާރުގެ އިންވެސްޓިންޓްރެންޑުތަކާއި ކޮވިޑު ބަލިމަޑުކަމަށްފަހު އެންޓަޓެއިންމެންޓު އިންޑަސްޓްރީގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. އެ ސެޝަންގައި ހޮލީވުޑްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދިއިންވެސްޓުމެންޓު މެނޭޖަރު ބިލް ލިޝެކްވެސް ބައިވެރިވާނެއެވެ.

މި ސެޝަންތަކުގައި ބައިވެރުވުމަށް ދަަ އައިލެންޑް ލެބްގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.