ވިމެން އިން ޓެކް މޯލްޑިވްސްގެ މާސްޓަރ ކްލާސް، "ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ގޯލްޑް ޕާރޓނަރެއްގެ ގޮތުގައި އޫރީދޫ ހަމަޖައްސައިފިއެވެ.
ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގައި ޓުވިޓަރ އާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށްއެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެއެވެ.
އޫރީދޫގެ ޕާރޓްނަރޝިޕްގެ ދަށުން 12 ސްޓާޓްއަޕް ވިޔަފާރިއަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މި ޕްރޮގްރާން ކުރިއަށްދާނީ އަންނަޖޫން މަހުގެ ނިޔަލަށެވެ.
ފަސް ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިންގ ސަޕޯރޓުގެ ބައެއްވެސް ހިމަނާފައިވެއެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެމަޢުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އަދި ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށްވަކިވަކިން ބައިވެރިންނަށް އިރުޝާދު ވެސް ދޭނެއެވެ.
މިޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ އެމްޕަވަރިންބްރޭންޑްސްގެ ޑިރެކްޓަރ އަދި ފައުންޑަރ، ވިނީތީ ސިންގްއެވެ. އެމްޕަވަރިންގ ބްރޭންޑްސް އިން ވަނީ މިހާތަނަށް 30 އަަށްވުރެ ގިނަ ގައުމުގައި ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާފައެވެެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!