ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި، ކަރުދާސް މަދު ކުރަން ޕޭޕާލެސް ޓްރާންސެކްޝަންތައް ހަދަން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއިން ވަނީ އެ ކުންފުނިން ހިންގާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނުގެ ގޮތުގައިކަނޑައަޅާފައިވައެވެ. އަދު ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ދީފައެވެ.
ސްޓެލްކޯއިން ބުނީ މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް، މިއަދު ގާއިމް ކުރިނިޒާމްގެ ތެރެއިން ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފުލޯތަކެއްގައި ވޯޓާ ޑިސްޕެންސާ ބަހައްޓާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ހިދުމަތް ހޯދާ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދެން ދޭނީ ކަރުދާސް ކޮތަޅެވެ. އަދި ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން ގެންނަ އެއްފަހަރު ބޭނުންކޮށް އުކާލާ ބާވަތްތަކުގެ ޕްލާސްޓިކް އިމާރާތަށް ވަނުމުގެ ކުރިން ބޭރުގައި ބެހެއްޓޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ.
މި ބަދަލާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށްގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި އެޅޭނެ މުހިއްމު ހަރުފަތަކަށް ކަމަށެވެ.

"ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ،33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން"
މުޣުނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން، މި ޕްރޮގްރާމްގެ ދަށުން ކުންފުނީގައި މިހާރު ބޭނުންކުރާ ކަރުދާހުގެނިސްބަތް 52 އިންސައްތައަށް މަދުކުރެވޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރުޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށް އޭނާވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!