ކޯވިޑް-19 ބަލީގައި ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާއަކީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ12:35 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

Ad
rt

މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 67 ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު އަދިވެސް މި ބަލި ދަނީ ފެތުރެމުންނެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީފައެވެ.

މީގެއިތުރުން އަތޮޅުތަކުގެ ރަށްތަަކަށް ވެސް މިބަލި ދަނީ ބާރު މިނެއްގައި ފެތުރެމުންނެވެ.