އިންތިޚާބު ނިމިނުތާ 1 ދުވަސް ފަހުން ކޮންގޯގެ އޮޕޮޒިޝަން ލީޑަރު ކޮލެލާސް އިއްޔެ އަވަހާރަވެއްޖެއެވެ.
ރިޔާސީ އިންޔތިޚާބުގައި ވާދަ ކުރެއްވި ކޮލެލާސް އާލާސްކަންފުޅާ އުޅުއްވާތީ އިންތިޚާބު ބޭއްވި ދުވަހު ވަނީ އަވަސް ފަރުވާއަށް އެނދުމަތި ކޮށްފަ އެވެ. އޭނާ އަވަހާރަވީކޮވިޑް-19އަށް ޕޮޒިޓިވްވެ އޭގެ އަނެއް ދުވަހު އިތުރު ފަރުވާއަށް ފްރާންސަށް ދިޔަ މަގުމަތީގައި މަތިންދާބޯޓުގެ ތެރޭގައެވެ.
ކޮންގޯގެ ރިޔާސީ އިންތިޚާބު ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެެވެ. މި އިންތިޚާބުގައި ބައެއް ސަރަހައްދުތަކުން މިހާތަނަށް ކުރި ހޯދާފައިވަނީ ކޮލެލާސްއެވެ.
ކޮލެލާސް ވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާކަން އެންމެ ފަހުން ބޭއްވި ކެމްޕޭން ރެލީގައި ރައްޔިތުންނާ ހިއްސާކޮށްފައެވެ. އަދި އޭނާއަށް ކަމެއް ވިޔަސް މިފަހަރު ބަދަލަކަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ.
ކޮލެލާސްއަކީ މިހާރު ކޮންގޯގެ ވެރިކަން ކުރައްވާ އެންގުއެސޯއާ ވާދަ ކުރެވޭ ހަމައެކަނީ މީހާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މިއަހަރުގެ އިންތިޙާބުވެސް ކާމިޔާބު ކުރާނީ އެންގުއެސޯ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!