އިސްރާއީލުގެ އާއްމު އިންތިޚާބާ ކައިރިވެފައި ވަނިކޮށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

އެ ގައުމުގެ އާއްމު އިންތިޚާބު އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ.

Ad
rt

މިދިޔަ އަހަރުން ފެށިގެން އެ ގައުމުގައި މުޒާހަރާތައް ދަނީ ކުރިއަށެވެ. އެ ހުރިހާ އެއްވުމެއްގައިވެސް ރައްޔިތުން ގޮވަމުން ދަނީ ނަތަންޔާހޫގެ އިސްތިއުފާއަށެވެ.

މި މުޒާހަރާތައް ފަށާފައިވަނީ ކޮވިޑް އާ ގުޅިގެން ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ މުޒާހަރާގައި 20،000 އެއްހާ މީހުން ބައިވެރިވިއެވެ. މި މުޒާހަރާތައް ކުރިއަށްގެންދަނީ ނަތަންޔާހޫގެ ޖަރޫސެލަމްގައި ހުންނަ ގެކޮޅު ކައިރީގައެވެ.

ބައެއް މީހުން ވަނީ ނަތަންޔާހޫ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ނުދެނީސް މި މުޒާހަރާތައްް ހުއްޓާ ނުލާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ނަތަންޔާހޫ އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނަވާތާ 12 އަހަރުވެއްޖެއެވެ.