ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިތާ ދެ ދުވަސްފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑުވަޒީރު އިމްރާންގެ އަނބިކަނބަލުން ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

Ad
rt

އެ ގައުމުގެ ހެލްތު މިނިސްޓަރު ފައިސަލް ޚާން ވިދާޅުވީ، ބޮޑުވަޒީރު އިމްރާން ޚާން މިހާރުވަނީ އެކަހެރިވެވަޑައި ގެންފައި ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އުމުރުފުޅުން 68 އަހަރުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވް މިވީ، ކޮވިޑް ވެކްސިން ޖެއްސެވިތާ ދެދުވަސް ފަހުންނެވެ.

ޗައިނާގެ ސައިނޯފާރމް ކޮވިޑްވެކްސިން، އިމްރާން ޚާން ޖައްސަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕާކިސްތާނުގައި ދެމުން ދަނީ ވެސް ހަމައެކަނި ޗައިނާގެ މި ވެކްސިނެވެ.