މ. މުލީގައި ސަރުކާރުން ތަރައްޤީކުރާ އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފި އެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓްގެ މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މީގެއިތުރުން އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭ އެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރުން މި މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މިމަޝްރޫޢުގެ ޖުމްލަ އަގަކީ 221،733،478.22 ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!