މިރޭގެ މެޗުން ބަލިނުވެއްޖެ ނަމަ 1 ލައްކަވެސް މަދު ކަމަށާއި ދީމާއަށް -/535000 ރުފިޔާ ލިބޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޙްލޫފް މިހެން ވިދާޅުވީ މިރޭ ޗައިނާއާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ނުވަތަ އެއްވަރުވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވުމުން ސޯސިއަލް މީޑިޔާގައި ބޮޑު ބަހުސްއެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

މިރޭ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަޅުގަނޑުގެ ޒިންމާގެ ތެރޭގައި ކުޅިވަރު ތަރައްޤީކޮށް ކުރިއަރުވާ ރާއްޖެއަށް ރީތިނަން ހޯދަން މަސައްކަތް ކުރުން އޮންނަ ކަމަށާއި ވޯލްޑްކަޕް ގައި ކުޅޭ ވަރުގަދަ ޗައިނާ އަތުން ބަލިނުވެއްޖެ ނަމަ 1 ލައްކަ ވެސް މަދުކަމަށެވެ. އެހެން ކުޅިވަރަށްވެސް ވަރަށް ބޮޑު ހަރަދެއް ކުރާކަމަށާއި އައިއޯއައިޖީ ގެ ކާމިޔާބައް ދީމާއަށް -/535000 ރުފިޔާ ލިބޭނެ ކަމަށެވެ.