ދިވެހި ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ ވެބިނާއެއް ޔޫއޭއީގައި ބާއްވައިފިއެވެ.
މި ވެބިނާ ކުރިއަށް ގެންގޮސްފައިވަނީ އަބުދާބީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އޭޑީސީސީއައި) އާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެންނެވެ. މިވެބިނާގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާއު އަބުދާބީ ޗެމްބާގެ ޑިރެކްޓާ ޖެނެރަލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ވެބިނާގައި ރާއްޖޭގެ އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ދީފައެވެ. އެމިރޭޓުގެ އިންވެސްޓަރުންނަށް ފުރުސަތު ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ކަނޑުގެ ދިރުމާ ގުޅޭ ދާއިރާތައް ހިމެނެ އެވެ.
އޭޑީޑީސީއައިގެ ޑިރެކްޓާ ޖެނެރަލް އަލް މެހީރީ ވިދާޅުވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިގްތިސާދީ ގޮތުންނާއި އުމްރާނީގޮތުން ރާއްޖެ ތަރައްގީ ކުރުމަށް އެހީވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
2021 #Maldives Year of Investment.
UAE investors look at potential opportunities across Maldives https://t.co/aC3s9byJuW
— Abdulla Mausoom (@Mausoom_Maus) February 22, 2021
ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ ރާއްޖެއާ ޔޫއޭއީގެ ގުޅުން ބަދަހި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!