ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިއަށް ޑިސްކައުންޓް ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލް އިން ވަނީ މިއަދު "ބީއެމްއެލް އޮފަރސް ޕޯޓަލް" ގެ ނަމުގައި ޕޯޓަލް އެއް ތައާރަފްކޮށްފައެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެ ބޭންކުގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މިއީ ބޭންކުގެ މަރޗެންޓުންނާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެެވެ.
މިއަދު ތައާރަފު ކުރި ޕޯޓަލުން މި ޕްރޮގްރާމުގެ ދަށުން ޑިސްކައުންޓް ލިބޭ ވިޔަފާރިތައް އެނގޭނެއެވެ. މީގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓާއި ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތައްހިމެނެއެވެ.
ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://offers.merchants.bankofmaldives.com.mv/އިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!