ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ކޯވިޑް 19 ގެ ވެކްސިން ދޭން މިއަދު ފަށައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ހިއްސާދާރުން ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް އެއް ސޯޝިއަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންގޮސްފައި އެވެ.
މިއަދުގެ ވެކްސިން ދިނުމުގެ ޕުރޮގުރާމްގައި ރިސޯޓް މުވައްޒަފުންނާއި ސަފާރީ އުޅަދުފަހަރު އަދި ގެސްޓްހައުސްތަކާއި، އެއަރޕޯޓްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ދިވެހި ފަންނާނުންނަށް ވެކްސިން ދިނުމަށް ހުޅުވާލައިފައިވެއެވެ. އަދި މިޕްރޮގްރާމުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ތަފާތު ގޮތްގޮތުން ޚިދްމަތްކޮށްދެއްވާ މުވައްޒަފުން ވެކްސިން ޖައްސަވާފައިވެއެވެ.
މީގެ ތެރޭގައި ރިސޯޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި، ގެސްޓްސްޓްހައުސްތަކާއި ސަފާރީ އުޅަނދުފަހަރުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަށް ހިމެނެއެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް މިއަދު ޖަހަން ފަށާފައިވާ ވެކްސިން އަކީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. އަދި ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން ރަޖިސްޓްރީ ކުރަމުންނެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުން ފެށުމުގެ ގޮތުން ރަސްމިއްޔާތުގައި ޙަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޢަބުދުﷲ މަޢުސޫމް ވެސް ބައިވެރިވެވަޑައިގެނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!