ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19ޖެހިގެން ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 50 ވަނަ މީހާއެވެ.

ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ އެމަޖެންސީއަށް ގެންގޮސް ފަރުވާދެމުން ދިޔަ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗްއަށް އެމީހާ ގެންދިޔައީ މިއަދު ހެނދުން 9:50 ހާއިރުއެވެ. އޭނާ ނިޔާވެފައިވަނީ ހެނދުނު 10:14 ހާއިރުއެވެ.

Ad
rt

ކޮވިޑް-19ގައި މިހާތަނަށް ރާއްޖެއިން 50 މީހުން ވަނީ ނިޔާވެފައެވެ އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 14712 މީހުންނަށެވެ. އަދި މިވަގުތު 1017 މީހަކަށް ފަރުވާދެމުން އަންނަ އިރު 79 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13639 މީހުންނެވެ.