ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުނަދޫ ކައުންސިލް ކަޕް 2020ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލް ޓީމު އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ އެއާޕޯޓު ޓީމު ހޯދައިފިއެވެ.

ވަރަށް ފޯރިއާއި އެކު ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗްތަކުގެ ތެރެއިން ފިރިހެން ޑިވިޜަންގެ ފައިނަލްގައި ފުނަދޫ ހޮސްޕިޓަލް ޓީމާއި ބައްދަލުކުރީ ފުނަދޫ ޕޮލިސް ޓީމެވެ.

Ad
rt

މި މެޗްގައި ޕޮލިސް ޓީމު ބަލިކޮށް ފުނަދޫ ހޮސްޕިޓަލުން މުބާރާތުގެ ތަށި އުފުލައިލީ 1-4 ލަނޑުގު ތަފާތަކުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައީ ފުނަދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އިތުރު ވަނަތައް:

  • ފެއަރޕްލޭ ޓީމް: ސީޕީއެޗް (ކޮމިއުނިޓީ ޕަވާރ ހައުސް / ށ. ފުނަދޫ ކައުންސިލް)
  • މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ހޮސްޕިޓަލްގެ އަބްދުލް މާޖިދު
  • އެންމެ މޮޅު ކީޕަރ: ހޮސްޕިޓަލް ޓީމްގެ ކީޕަރ އިބްރާހީމް ނަޖީލް
  • ޓޮޕް ސްކޯރަރ: ޕޮލިސް ފެމިލީގެ އިބްރާހީމް ވަހީދުއްދީން
  • އުންމީދީކުޅުންތެރިޔާ: ދުވެލި (އެސްއާރުސީ) ގެ އަހްމަދު ޖިނާހް
  • ގޯލްޑެން ސްޓާރ ޕްލޭޔަރ: ހޮސްޕިޓަލް ޓީމްގެ އަހްމަދު ޒާހިދު
  • އެންމެ މޮޅު ކޯޗް: ޕޮލިސް ފެމިލީގެ ކޯޗް މުޙައްމަދު ވާޙިދު

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލްގައި ފުނަދޫ އެއާޕޯޓު ޓީމު ޗެމްޕިއަންކަން ހޯދީ 2-5 ލަނޑުން ޕޮލިސް ލޭޑީޒް ބަލިކޮށްފައެވެ.

ފިރިހެން ޑިވިޜަން ޗެމްޕިއަންކަން ހޯދި ހޮސްޕިޓަލް ޓީމު، ފޮޓޯ: ފުނަދޫ ސްޕޯޓްސް

މި މުބާރާތުގެ އަންހެން ޑިވިޜަންގެ އިތުރު ވަނަތައް:

  • ފެއަރޕްލޭ ޓީމް: މަގޭސާފު ފުނަދޫ (ށ. ފުނަދޫ ކައުންސިލް)
  • އެންމެ މޮޅު ކީޕަރ: ފުނަދޫ އެއާޕޯޓް ޓީމުގެ ކީޕަރ އައިޝަތ ޝިފްލާ
  • ޓޮޕް ސްކޯރަރ: ޕޮލިސް ލޭޑީޒްގެ ފާތިމަތު ފައިހާ
  • އުންމީދީކުޅުންތެރިޔާ: ފުނަފަތި (އެސްއާރުސީ) ގެ ހައްވާ ނައުރާ
  • ގޯލްޑެން ސްޓާރ ޕްލޭޔަރ: ފުނަދޫ އެއާޕޯޓް ޓީމުގެ އާމިނަތު އާދަމް
  • މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ފުނަދޫ އެއާޕޯޓް ޓީމުގެ ފާތިމަތު ޝަރުމީލާ
  • ޗެމްޕިއަން ޓީމް: ފުނަދޫ އެއާޕޯޓް ޓީމު
  • ރަނަރއަޕް ޓީމް: ޕޮލިސް ލޭޑީޒް
  • އެންމެ މޮޅު ކޯޗް: ފުނަދޫ އެއާޕޯޓް ޓީމުގެ ކޯޗް ހުސައިން ޝާފިއު
މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންަކަން ހޯދި އެއާޕޯޓު ޓީމު، ފޮޓޯ: ފުނަދޫ ސްޕޯޓްސް

ފުނަދޫ ކައުންސިލްގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަންގައި 6 ޓީމެއް އަދި އަންހެން ޑިވިޜަންގައި 5 ޓީމެއް ވާދަ ކުރިއެވެ.

މި މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައި، އެކަން ފާހަގަކޮށް ފުނަދޫ ކައުންސިލުން ބުނީ އެ މުބާރާތް އެހާ ކާޔާބު މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް ފުނަދޫ އޮފީސްތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި މުބާރާތުގެ ސްޕޮންސަރުންނަށާއި، އެރަށުގެ އުނގަ ޖަމްޢިއްޔާއަށް ވެސް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.